އަޅުގަނޑުމެން ގާތު ކާޅާއެކީ އުޅެން ދަސްކުރަންޖެހެޔޭ ބުނުއްވި ވަޒީރު މި ވާހަކަ ކިޔުއްވައިފި ނަމަ ދޮންދީނިތައް ހިމާޔަތްކުރަން އައްޑޫން ކާޅު ނައްތާލަންޖެހޭކަން ވަރަށް ރަނގަޅަށް އެނގި ސާފުވާނެއެވެ! ކާޅަކީ މިވާހަކައިގައި އެބުނާ ކޮވެލި ގޮތަށް އައްޑޫއަށް މި ފަހަކުން ބަޔަކު ގެނެސްގެން އުޅޭ އައްޑޫއަށް ބީރައްޓެހި "އިންވޭސިވް" ދޫންޏެކެވެ!
ދޫނިފިނޮޅުގެ ދޫނިތައް
އެއްދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ކޮންމެވެސް އަތޮޅެއްގެ ދެކުނުކޮޅުގައި ހެޔޮވަރު ވަރެއްގެ ދޮންވެލި ފިނޮޅެއް އޮތެވެ. އެ ފިނޮޅު އޮންނަނީ އެ އަތޮޅުގެ އެހެން ހުރިހާ ރަށަކާ ދުރުގައި، ވަކިންނެވެ. އެހެންވީމާ އެ ފިނޮޅު ވީ، ކަނޑުފަރުން ކައިއުޅޭ ދޫނިތަކުގެ ސުވަރުގެއަކަށެވެ. އިންސާނެއްގެ ފުށުން އެއްވެސް ތުރާލެއް ނުފޯރައި ދޫނިތައް ދޫނިފިނޮޅުގައި އުޅެމުން ދިޔައީ ނުލާހިކު އުފަލުގައެވެ. އަބަދަށް ކާއެއްޗެހި ލިބިލިބި ހުރެއެވެ. ރުކެއް ގަހެއް ނެތް ތަނަކަށް ވީތީ އެތަނަކަށް އެހެން ބާވަތެއްގެ ދޫންޏެއް ނާދެއެވެ. ވީމާ މުޅި އެ ދޫނިފިނޮޅު އޮންނަނީ އެތަނުގައި އުޅޭ ދޫނިތަކަށް ހިތަކަަށް ލިބިފައެވެ.
މި ދޫނިތައް މިހެން އުޅެނިކޮށް އެއްދުވަހަކު އިރު އޮއްސެމުން ދަނިކޮށް އެ ފިނޮޅަށް ކޮވެއްޔެއް އަތުވެއްޖެއެވެ. މި ކޮވެލި އައިސް އެ ރޭ އެ ފިނޮޅުގައި މަޑުކުރުމުގެ ހުއްދައަކަށް އެދުނެވެ. އެކަމަކު އެކަމާ އެ ފިނޮޅުގެ ދޫނިތައް ނުރުހޭހެން ހީވެގެން ކޮވެލި ބުންޏެވެ. "އަހަރެން މިތަނަށް އައީ އެއްގޮތަކަށް ވެސް ތިޔަ ދޫނިތަކަށް އުނދަގޫކުރާކަށް ނޫން. އުދުހެމުން އުދުހެމުން އައިސް ވަރުބަލިވެގެން މި ފިނޮޅު ފެނިގެން މަޑުކޮށްލީ. އިތުރަށް އުދުހޭނެ ވަރެއް ވެސް މަގޭ ގަޔަކު ނެތް. އުދުހިގެންފިނަމަ ކަނޑަށް ވެއްޓި އަހަރެން މަރަު ވެސް ވެދާނެ. އަހަރެން ތި ދޫނިތަކަށް އުނދަގޫ ނުކޮށް ފަތިސް ވީމަ އުދުހިގެން ހިނގައިދާނަން."
ކޮވެލީގެ އާދޭސް އަހާފައި ދޫނިފިނޮޅުގެ ދޫނިތަކުގެ ހިތަށް ކުރި އަސަރަކުން އެ ދޫނިތައް ކޮވެލި އެ ފިނޮޅުގައި މަޑުކުރުމުގެ ހުއްދަ ދީފިއެވެ. ދެން އެ ކޮވެލި ފިނޮޅުގެ އެންމެ ހިކިކޮށް އޮތް ތަނެއް ބަލާފައި އެތަނުގައި ހަމަޖެހިގެން މަޑުކޮށްލައިފިއެވެ. އަދި އިރުކޮޅަކުން ކޮވެއްޔަށް ނިދިއްޖެ ވެސްމެއެވެ.
ކޮވެލި ރަނގަޅަށް ނިދީމާ ފިނޮޅުގެ ދޫނިތަކުގެ ތެރެއިިން އެންމެ ދުވަސްވީ މުސްކުޅި ދޫނި، ފިނޮޅުގެ ތަންކޮޅެއް ދުރު ހިސާބަކަށް ހުރިހާ ދޫނިތައް އެއްކޮށްފައި ބުންޏެވެ. "އަހަރެން ކުރިން ބަހެއް ނުބުނީ ކަލޭމެންގެ މޮޔަކަމުން އަހަރެން ދައްކާ ވާހަކަ ކަލޭމެން ނާހާނެކަން އެނގޭތީ. އެހެން ވިޔަސް އަހަރެން ބުނެލަން އޮތީ އެއްގަމުގައި އުޅޭ ދޫންޏަކަށް އަހަރެމެންގެ މި ފިނޮޅުގައި މަޑުކުރުމުގެ ހުއްދަ ދިނުމަކީ ވަރަށް ގޯސްކޮށް ކަލޭމެން ކުރި ކަމެކޭ. އެއްވެސް ޝައްކެއް ނެތި އެ ކޮވެލީގެ ފުށުން އަހަރެމެންނަށް ބޮޑު ދެރައެއް ލިބޭނެ."
މުސްކުޅި ދޫނި މިހެން ބުނީމާ އެތަނުން އެއް ދޫނި ބުންޏެވެ. "ތިޔަ ކަހަލަ ކޮސް ވާހަކަ ނުދައްކާ. އެ ކޮވެލި މިތަނަށް އައި އިރު ވެސް އިނީ މާނޭވާ ލެވިފައި. މިތަނުގައި މަޑުނުކޮށް އުދުހުނުނަމަ ކަނޑަށް ވެއްޓި މަރު ވެސް ވެދާނެ. އޭއްޗަށް އަހަރެމެންނަށް ކޮން ގެއްލުމެއް ދެވޭނީ؟ އޭތި ކާ ކަހަލަ ކާނާއެއް ވެސް މިތަނުން ލިބޭނީކީ ނޫން. ފަތިސް ވީމަ އޭތި އުދުހިގެން ހިނގައިދާނެ. އަހަރެމެން ކުރީ ހެޔޮ ކަމެއް. ހެޔޮ ކަމެއް ކޮށްގެން ދެރައެއް ނުލިބޭނެ." ދެން ތިބި ދޫނިތައް ވެސް މި ދޫނީގެ ބަހަށް ތާއީދުކުރިއެވެ.
އެކަމާ މުސްކުޅި ދޫނި ބުންޏެވެ. "މަ މިބުނީ ތެދެއްކަން އަދި ކަލޭމެންނަށް ވިސްނޭނެ!"
ކޮންމެއަކަސް ފަތިސްވީމާ އެއްކަލަ ކޮވެލި، ދޫނިފިނޮޅުގެ ދޫނިތަކަށް ޝުކުރު އަދާކޮށްފައި އުދުހިގެން ހިނގައްޖެއެވެ. ކޮވެލި ދިޔައީމާ މުސްކުޅި ދޫންޏަށް ރައްދުދިން ދޫނި މުސްކުޅި ދޫންޏާ ދިމާއަށް ބުންޏެވެ. "ކޮބާ މަބުނީމެއްނު ކޮވެލީގެ ފުށުން އެއްވެސް އުނދަގުލެއް ނުވާނެޔޭ. ދެން ވެސް ކަންބޮޑުވާން ނުޖެހޭ ކަންކަމުގައި އެޒާތުގެ ހޮޅި ވާހަކަ ނުދައްކާތި." އެ ދޫނި މިހެން ބުނީމާ މުސްކުޅިދޫނި އެކައްޗެކޭ ވެސް ނުބުންޏެވެ.
ކޮންމެއަކަސް އެއްކަލަ ކޮވެލި އެތަނަށް ގުއިކޮޅެއް ލީ ކަމެއް މި ދޫނިތަކަކަށް ނޭނގެއެވެ. އެ ގުއިކޮޅުގައި އެ ކޮވެލި ކުރިން ކޭ މޭވާއެއްގެ އޮށް ހަރުލާފައި ހުއްޓެވެ. ދެން ވަޔާ އެއްކޮށް އެ ގުއިކޮޅުގެ މައްޗަށް ވެލިއަރައި އެ އޮށްތައް ބިމުގައި ވަޅުލެވިއްޖެއެވެ. ދުވަަސްގަނޑަކުން ވެހުނު ފުރަތަަމަ ވާރެޔަށް ފަހު އެއްކަލަ އޮށްތައް ވަޅުލެވުނު ތަނުން ގަސްފަޅައި ދޮންވެލި ފިނޮޅުން ކުޑަ ފެހިކަމެއް ފާޅުވިއެވެ.
މަސްތަކެއް ފާއިތުވެގެން ގޮސް އެއްކަލަ ތަނުގައި ފެޅި ގަސްތައް ވަރަށް ބޮޑުވެއްޖެއެވެ. އެއްކަލަ މުސްކުޅި ދޫނި މިތަން ދައްކާފައި ބުންޏެވެ. "ކަލޭމެން ނިކަން ބަލާބަލަ! މިއީ މީގެ ކުރިން ދުވަހަކު ވެސް ވީ ކަމެއް ނޫން. ދުވަސްކޮޅަކުން މުޅި ފިނޮޅަށް މި ފެތުރޭނެ. އެންމެފަހުން އަހަރެމެން ޖެހޭނީ މި ތަން ދޫކޮށް ދާން." އެކަމަކު އެއީ ދެން ތިބި ދޫނިތައް މާ ކަންބޮޑުވާ ކަމަކަށް ނުވިއެވެ. މިފަހަރު ވެސް މުސްކުޅި ދޫންޏަށް ޖަވާބުދިނީ ކުރީ ފަހަރު ވެސް ޖަވާބުދިން ދޫންޏެވެ. "ގަސް ހެދުނީމާ އަހަރެމެންނަށް ރަނގަޅެއް ނޫންތަ ވާނީ. ގައިމު ކުޑަކޮށް ހިޔާ ވެސް ލިބޭނެ. މުސްކުޅިދޫނި މާ ބޮަޑަށް ކަންތައް ބޮޑުކުރަނީ!"
ދެން ދުވަސްތައް ފާއިތުވަމުން ގޮސް މުޅި ދޫނިފިނޮޅުގެ ރާޅު ނާރާ ހިކިކޮށް އޮތް ބިން އޮތް ގޮތަށް ގަހުން ފުރިއްޖެއެވެ. އެއަށްފަހު އެއް ދުވަހަކު ކުޑަކުޑަ ދޯންޏަކުން ދޫނިފިނޮޅަށް މީހަކު އަތުވެއްޖެއެވެ. މިމީހާ އައިސް މުޅި ރަށުގައި ހިނގައި ބަލަބަލާފައި ފައިބައިގެން އޭނާގެ ރަށަށް ހިނގައްޖެއެވެ. ރަށަށް ދިޔަ ގޮތަށް ގޮސް އަތޮޅުވެރީންނަށް ސިޓީއެއް ފޮނުވައިގެން ދޫނިފިނޮޅު ބޭނުންކުރުމުގެ ހުއްދައަކަށް އެދިއްޖެއެވެ. އެމީހާ އެދުނު ގޮތަށް އަތޮޅުވެރީން އެމީހާއަށް އެރަށް ލިޔެދީފިއެވެ.
ދެން ޖެހިގެން އައި ދުވަހު އެމީހާ ޅަރުކާއި ދިއްގާ ގޮތްޕާއި ކާނި ގޮތްޕާއި ހިފަގެން ދޫނިފިނޮޅަށް އައިސް މި ރުއްގަސް އެ ފިނޮޅުގައި އިންދައިފިއެވެ. ދެން އެކި ދުވަސް ދުވަސް މަތީން އެ ގަސްތަކަށް ފެން ދީ ހައްދަން ފަށައިފިއެވެ. ދެން އަހަރުތައް ފާއިތުވެގެން ގޮސް މި ރުއްގަސް ބޮޑެތިވެ ރުއްތައް ފޯދި ތަކެތި ގަންނަން ފަށައިފިއެވެ. އެހާ ހިސާބުން މިމީހާ އެރަށުގައި ކުޑަ ޖިފުޓިގަނޑެއް ވެސް އަޅައި ވަޅެއް ވެސް ބަހައްޓައިފިއެވެ. އެއިރުވެސް އެއްކަލަ ދޫނިތައް އެރަށުގައި އުޅެއެވެ.
ދެން މިމީހާ އޭނާގެ އަންހެނުންނާއި ކުދިވެރިން ވެސް އެ ރަށަށް ގެންނަން ފަށައިފިއެވެ. މިހެން ގޮސް ތިބޭއިރު އެމީހާ ރުކުން ކާށިއަޅައި، ކާށި ހެހެ ހަދާއިރު އޭނާގެ އަންހެނުން ކައްކަން ދަރަހޮވަން އުޅެއެވެ. ކުދިވެރިން ކުރާ ކަމަކީ ތުނޑިއަށް ގޮސް ދޫނިތައް ފަހައި ދުވުމެވެ. އަދި ދޫނި ބިހެއް ފެނިއްޖެނަމަ ނަގައިގެން ގޮސް ކައްކައިގެން ކައި ހެދުމެވެ. ދެން އެ ފިރިހެންމީހާ ވެސް ދޭތެރަކުން އެތަނުން ދޫންޏެއް ހިފައިގެން އައިސް ފިޔަކޮށާފައި ބެނދެފައި ކުދިވެރިން ކުޅެން ދީ ހަދައެވެ.
އެންމެ ފަހުން އެއް ރެއަކު އެއްކަލަ މުސްކުޅިދޫނި އެ ދޫނިތަކުގެ ތެރެއިިން ބާކީ ހާލުގައި ޖެހިފައި ތިބި ދޫނިތައް ތުނޑީކޮޅަށް އެއްކުރިއެވެ. އޭރު މުސްކުޅި ދޫނި އިނީ މުސްކުޅިވެގެން ގޮސް ހަންޓޯޓޯވެފައެވެ. އޭތި ދޫނިތަކާ މުޚާޠަބުކޮށް ބުންޏެވެ. "އަހަރެން ކަލޭމެންނަށް އިންޒާރުދިނިން! އެކަމަކު ކަލޭމެންގެ ތެރެއިން އެކަކު ވެސް މަގޭ ވާހަކަ އަޑެއްނޭހި. މިހާރު މިރަށް މީ އަހަރެމެންނަށް އެއްގޮތަކަށް ވެސް ރައްކާތެރި ރަށެއް ނޫން. މިއީ އެދުވަހު ކޮވެލި މިރަށުގައި މަޑުކޮށްލަން ކަލޭމެން ހުއްދަދިންކަމަށްޓަކައި އަހަރެމެންނަށް ޖެހުނު މުސީބާތެއް. މިއީ ދެން މިހާރު އަހަރުމެންގެ ރަށެއް ނޫން. އަހަރުމެން ޖެހެނީ ދެން މިރަށުން ފައިބައިގެން ދާން."
ޖެހިގެން އައި ދުވަހު ފަތިހު، ދޫނިތައް އެއެއްޗެތީގެ އަތުން ހެދުނު ގޯހުން ގެއްލުނު ރަށާ ދިމާއަށް ހިތްދަތިކަމާ އެކީ ބަލާލާފައި ރައްކާތެރި އާ ރަށެއް ފެނޭތޯ ބަލަން އުދުހިގެންފިއެވެ.
މިއީ އައްޑޫ ރެކިބެއާގެ ފުށުން އަޑުއައްސަވައިގެން ފުވައްމުލަކު ކަރާނުގޭ ހަސަންދީދީ ވިދާޅުވެދެއްވީމާ އިސްޕޭނުގެ ޝަވިއޭރ ރޮމޭރޯ-ފްރިއާސް އިނގިރޭސި ބަހަށް ތަރުޖަމާކުރައްވައިގެން ލިޔުއްވާފައިވާ "ދަ ސޭންޑްބޭންކް އޮފް ދަ ސީބަރޑްސް" އަސްލަކަށް ބަލަގެން އަޅުގަނޑު ލިޔުނު ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު