މުވާޞަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީގޮތުން މިއަދު ފާހަގަ ކުރަމުންދާ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހިން މިއަދު ސަމާލުކަންދޭންވީ ބައެއް ކަންތައްތަކަށް އަލިއަޅުވާ ލައްވާފައެވެ.
އެގޮތުން، މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް މުވާޞަލާތީ ދާއިރާގެ ބޭނުން ހިފުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސްގެ މެސެޖުގައި ވަނީ، މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް، ތަހުނިޔާ ދަންނަވާފައެވެ.
އޭގެއިތުރުން މުވާޞަލާތީ ޚިދުމަތަކީ ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު ދާއިރާއެއް ކަމަށާއި، އެ ދާއިރާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މެއި މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ މުވާޞަލަތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހަކީ، 1865 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން އުފެދުމުގެ މުނާސަބަތުގައި، އައިސީޓީގެ މުހިންމުކަމާއި ޑިޖިޓަލް ޑިވައިޑްއަށް ހޭލުންތެރި ކުރުމުގެ މަޤުސަދުގައި ފާހަގަކުރާ ދުވަހެކެވެ.

މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް. ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް.
— Dr Mohamed Muizzu (@MMuizzu) May 17, 2025
މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ… pic.twitter.com/iih32a4HzA
ރައީސްގެ މެސެޖުގައި ވަނީ، މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް، ތަހުނިޔާ ދަންނަވާފައެވެ.
އޭގެއިތުރުން މުވާޞަލާތީ ޚިދުމަތަކީ ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު ދާއިރާއެއް ކަމަށާއި، އެ ދާއިރާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މެއި މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ މުވާޞަލަތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހަކީ، 1865 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން އުފެދުމުގެ މުނާސަބަތުގައި، އައިސީޓީގެ މުހިންމުކަމާއި ޑިޖިޓަލް ޑިވައިޑްއަށް ހޭލުންތެރި ކުރުމުގެ މަޤުސަދުގައި ފާހަގަކުރާ ދުވަހެކެވެ.
ކިޔުންތެރިންގެ ހިޔާލު