ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި، ޖޭއެސްސީގެ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ ފަހަތުގައި އޮތީ ސަރުކާރު ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތައް ދޮގު ކުރަށްވައި މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ، ރައީސް ޑރ. މުއިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ވެރިންނަށް އަރުވާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑިޝަލް ސާވިސް (ޖޭއެސްސީ)އިން ހިންގި ތަހުގީގަކުން ރައްޔިތުންގެ މަޖިލީހުންކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޑރ. ޚަލީލް ވިދާޅުވީ، ޝަރުއީ ދާއިރާގެ އެއްވެސް މައްސަލައަކަށް ރައީސް ޑރ.މުއިއްޒު ހުރަސް ނާޅުއްވާނެ ކަމަށެވެ.

އޭގެއިތުރުން ސަރުކާރުން މަސައްކަތް ކުރަނީ، ޝަރުއީ ދާއިރާ ހިންގުމުގެ ނިޒާމާއި ވަކިކޮށް، މިނިވަންކޮށް ބޭއްވުމަށް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ބޭރުގެ ފަރާތްތަކަށް ކަމުގެ ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޑރ ޚަލީލް ވިދާޅުވިއެވެ.



ޑރ. ޚަލީލް މިހެން ވިދާޅުވެފައިވާއިރު، ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ދަނީ އެކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުންނެވެ.

އެގޮތުން އެމްޑީޕީން ވަނީ ބައިނަލްއަޤުވާމީ ފަރާތްތަކާއި ބައްދަލުކޮށް މިވަގުތު ރާއްޖޭގެ ޑިމޮކްރެސީއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ ކަމަށް ބުނެފައެވެ. އަދި މިސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލާފައިވާ ގޮތުގެ އެސެސްމަންޓެއް އެމްޑީޕީން އެފަރާތްތަކާް ހިއްސާކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން