ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
އަންހެނުން ޑިޖިޓަލީ ބާރުވެރި ކުރެވުމުން މުޅި މުޖުތަމައަށާއި އިޤްތިސާދަށްވެސް ފައިދާ ކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބައިނަލް އަޤުވަމީ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިން ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެން ބޭފުޅުން ހަރަކާތްތެރިވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.

އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ވަޒީރު ވަނީ، ރާއްޖޭގައި ތަޢުލީމު ޙާސިލު ކުރުމުގެ ފުރުސަތު އަންހެނުންނަށް ތަފާތު ކުރުމެއް ނެތި އޮތްކަން ފާހަގަކުރަށްވާފައެވެ.

ނަމަވެސް ޙަގީގަތަކީ ލީޑަރޝިޕް ދާއިރާގައި އަންހެންގެ ދައުރު ނިސްބަތުން މަދުކަން ކަމަށާއި، ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަނަމަވެސް، މިފަރަގު އެކީއެކަށް ނައްތާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހައްމިއްޔަތުކަމަކީ ކޮންމެ ދިވެހި ރައްޔިތެއްވެސް ފާހަގަކުރަންވާނެ ކަންކަން ކަމަށް ވަޒީރު އިހުސާން ވަނީ ވިދާޅުވެފައެވެ.

“އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވުމުން އާއިލާތަކާއި، މުޅި މުޖުތަމައުއަށް، އަދި މުޅި އިޤްތިސާދަށްވެސް އޭގެ ފައިދާ ކުރާނެ.” ވަޒީރު ވިދާޅުވެފައިވެއެވެ.



އޭގެއިތުރުން އިހުސާން ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަނެޓް ގުޅުންތައް އަންހެނުންނަށް ދިނުމަށް ނޫން ކަމަށެވެ.

އަދި އޭގެ މާނައަކީ ތައުލީމާއި، ސިއްހަތާއި، ވިޔަފާރި އާއި، ދަނޑުވެރިކަމާއި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި އަންހެނުންވެސް ބާރުވެރި ކުރުވުންކަން ވަޒީރުގެ ޚިޠާބުގައި ވަނީ ފާހަގަ ކުރަށްވާފައެވެ.

ބައިނަލް އަޤުވާމީ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްްގެ ވެސް މޭ 17 ގައެވެ. އަދި މިއަހަރު މިދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ، ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން