ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ދެ ޖާގަ ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރުމުންނެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށީ ސިޔާސީ ޕާޓީ ބަދަލު ކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ. އެގޮތުން ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ބުނެ ސަސްޕެންޑު ކުރީ އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ހުސްނުއްސުއޫދު އެވެ.

މީގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ނިންމީ އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށެވެ. ޖޭއެސްސީން ނިންމި ގޮތަށް ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މެއި 14 ވަނަ ދުވަހުއެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބުނެފައިވަނީ، ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ މީހުންނަށް މި މަހުގެ 22، ގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަގާމުތަކަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރުވެފައިވާ، ގާނޫނީ ނުވަތަ އިސްލާމީ ޝަރީއާގެ ރޮގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ އަދި ދާއިރާގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން