އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު (މ)
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު (މ)
ހުޅުމާލޭގައި ތަރައްޤީކުރާ 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގީތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ، މާލެ ސަރަހައްދުގެ ފެން އުފައްދާ، ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރާ 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގީތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ ޚިދުމަތް ފެށުމަށްޓަކައި ތާނގީތަކާ ގުޅަންޖެހޭ ޕަންޕާއި ޕައިޕްލައިންތަކުގެ މަސައްކަތް ކަމަށާއި، ޕައިޕްލައިންތަކުގެ މަސައްކަތް ނިމި، ފެން ރައްކާކުރާ ޕްލާންޓް ޚިދުމަތަށް ގެނެވޭނީ އަންނަ މަހު ކަމަށް މަތީން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މާލެ ސަރަހައްދުގެ ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަން ހަދަމުންދާ 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓްގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށާއި، ތަވާލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ މި އަހަރު އެ މަސައްކަތް ނިމޭނެކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.

މަތީން މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދަށް އިތުރު 10،000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބިފައިވާ ތާނގީތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. އަދި ސިނަމާލެ ބުރިޖު މެދުވެރިކޮށް މާލެ އާއި ހުޅުމާލޭ ފެނުގެ ވިއުގައަކުން ގުޅާޅުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭ ނިންމުމަށް ސަރުކާރުން މިހާރު ވަނީ އަމާޒް ހިފާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން