ވާލާއި ކާޅުން ލިބޭ ގެއްލުންތަކަށް ހައްލު ހޯދަން އެގްރިކަލްޗާ މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.
ވާލާއި ކާޅުގެ މައްސަލަ ބޮޑުވެ ދަނޑުތަކަށް ގެއްލުންވުމާއި ރާއްޖޭގެ އެންމެ ދެކުނުގައި އުޅޭ ހިމާޔަތްކޮށްފައިވާ ދޮންދީނިތަކަށް ވެސް ނުރައްކާވަނީ ބޮޑުވެފަ އެވެ. ނަމަވެސް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ވާލާއި ކާޅު ނުމަރާނެ ކަމަށާއި އެތަކެއްޗާއެކު ދިރިއުޅެން އަޅުގަނޑުމެން ދަސްކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ފާޑުކިއުން އަމާޒުވެފައި ވަނިކޮށް މިނިސްޓަރު މިއަދު އެކްސްގައި ވިދާޅުވީ ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެކު މިއަދު މަޝްވަރާތައް ފަށައިފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
ކާޅުގެ ސަބަބުން ދޮންދީނިއަށް ނުރައްކާ ބޮޑުވެފައިވާތީ ދޮންދީނިތައް ރައްކާތެރިކުރަން އީޕީއޭއާ ގުޅިގެން މެނޭޖްމަންޓް ޕްލޭނެއް ހައްދަވާނެ ކަމަށް ވެސް މިނިސްޓަރު ނިމިގެން ދިޔަ ހަފްތާގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު