ޣައްޒާގެ ގަތުލު އާންމު އަވަހަށް ހުއްޓުވަން މަސައްކަތްކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ހިންގަމުންދާ މި ގަތުލު އާންމު އިސްރާއިލުން މިދިޔަ ހަފްތާގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އަދި އެއާއެކު ކޮންމެ ފަސް މިނެޓަކުން އިސްރާއިލުން ދަނީ ޣައްޒާއަށް ބޮން އަޅަމުން ނެވެ.
އެކަން ފާހަގަކޮށް ރައީސް މުއިއްޒު މިރޭ އެކްސްގައި ވަނީ ކުށެއް ނެތް ޣައްޒާގެ ރައްޔިތުން އިސްރާއިލުން ޝަހީދުކުރަމުންދާ ދިއުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.
އެހެންވެ ހަމަލާތައް ވަގުތުން ހުއްޓުވައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކޮށްދިނުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.
ހަމަ އެހެންމެ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ އެއްގޮަތަށް އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅައި އިސްރާއިލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
އިސްރާއިލުން ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު ކާބޯތަކެތިވެސް ޣައްޒާއަށް މިހާރު ނުވެއްދެ އެވެ. އެހެންވެ ޣައްޒާގެ ގިނަ ބަޔަކު ބަނޑަށް މަރުވެދާނެކަމުގެ ބިރުވެސް ވަނީ ބޮޑުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު