އަހަރުގެ މިހާތަނަށް އައިއިރު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ބަޖެޓުން 1.05 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފިއެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިމަނާފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން ޕީއެސްއައިޕީ އަށް މިއަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 1.05 ބިލިޔަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.
މިއަހަރު ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން މި ދާއިރާއަށް 315 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.
މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަށް 104.3 މިލިޔަން ރުފިޔާ، ބިން ހިއްކުމަށް 1 މިލިޔަން ރުފިޔާ، ބަނދަރު ތަރައްގީ ކުރުމަށް 3 މިލިޔަން ރުފިޔާ، އަދި ބުރިޖު މަޝްރޫއަށް 5 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމްށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އަހަރުގެ މިހާތަނަށް އެންމެ މަދުން ހޭދަކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 66 މިލިޔަން ރުފިޔާ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކެވެ. ކޮންމެ އަހަރަކުވެސް އެމަޝްރޫޢުތައް ހިންގުމަށް އެތައް ބިލިޔަން ރުފިޔާ ހޭދަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު