އަފްލާހު
އަފްލާހު
މިދިޔަ މާޗު މަހު ގަލޮޅުގެ ގެއަކަށް ވަދެ ވެރިފަރާތަށް އަނިޔާކޮށްގެން ހައްޔަރުކުރުމަށްފަހު ދޫކޮށްލި އއ. މާޅޮސް / ރީތިހިޔާ، މުހައްމަދު އަފްލާޙް (23އ) އެހެން މައްސަލައެއްގައި ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހެކި ނެތް ކަމަށް ބުނެ އަފްލާހުއާއި އިތުރު ތިން މީހަކު އެ މައްސަލައިގައި ހައްޔަރުކޮށް ދެ ފަހަރެއްގެ މަތިން ބަންދު ޖެހުމަށް ފަހު ދޫކޮށްލީ އެޕްރީލް މަހު ކުރީކޮޅު އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ އެހެން މައްސަލައަކާ ގުޅިގެން އަފްލާހު ތަހުގީގަށް ހާޒިރުުކުރަން ބޭނުންވާ ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންވެ އަންނަ އާދިއްތަ ދުވަހު ހެނދުނު 10 ޖަހާއިރު މާފަންނު ޕޮލިސް ސްޓޭޝަނަށް އަފްލާހު ހާޒިރުވާން ވަނީ އަންގައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން