ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާއްސަ އެވޯޑެއް ދީފިއެވެ.
މި އެވޯޑަކީ ދުންފަތް ކޮންޓްރޯލުކުރައްވަން ރައީސް ކުރެއްވި މަސައްކަތްޕުޅުތަކާއި، އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ފަރާތުން އެމަނިކުފާނަށް އެރުވި އެވޯޑެކެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ކޮންމެ އަހަރަކުވެސް ޑަބްލިއުއެޗްއޯގެ 6 ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން، ދުންފަތް ކޮންޓްފޯލު ކުރުމަށް މަސައްކަތް ކުރާ ގައުމުތަކަށް ހާއްސަ އެވޯޑުތައް ދެމުންދާ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ މި އެވޯޑަކީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑެއް ކަމަށެވެ.

ރައީސަށް ޑަބްލިއުއެޗްއޯއިން ހާއްސަ އެވޯޑެއް ދެއްވުން
މި ސަރުކާރުން ދަނީ ދުންފަތް ކޮންޓްރޯލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މުޅި ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕްގެ ވިޔަފާރި ކުރުން މަނާ ކޮށްފައެވެ. އަދި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލު ކުރުމުގެ ގޮތުން "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރަން ފަށާފައެވެ. އަދި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނުވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން ވަނީ މީގެ ކުރިންވެސް ދުންފަތް ކޮންޓްރޯލު ކުރުމަށްޓަކައި ރައީސް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ތަހުނިޔާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު