ކުރިއަށް ހުރި ދުވަސްތަކުގައި، މިހާރު ޢަމަލީ މަސައްކަތް ފަށާފައިހުރި މަޝްރޫޢުތައް ނިންމައި ރައްޔިތުންނާ ޙަވާލުކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މުލަކަތޮޅު މުލީގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ފަށަން ހުރި މަސައްކަތްތައް ފަށައި، ނިންމަން ހުރި މަސައްކަތްތައް ނިންމުމަށްފަހު ރައްޔިތުންނާ ހަވާލުކުރާ މަންޒަރު ކަމަށެވެ.
އަދި އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށް އޮތް ދެ އަހަރު ވެގެންދާނީ އަމަލީ ނަތީޖާ ނެރޭ ދެ އަހަރަށް ކަމަށާއި، ބާރު ސްޕީޑްގައި ތަރައްޤީގެ މަޝްރޫޢުތައް ފަށައި ނިންމާތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެގޮތުން ރަށްރަށުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމް ކުރުމުގެ ދެއަހަރުގެ އަމާޒެއް އޮތްކަމަށާއި، ކުނި މެނޭޖްކުރާ ނިޒާމް ޤާއިމް ކުރުމުގެ 1 އަހަރުގެ އަމާޒެއް ގެންގުޅުއްވާކަން ފާހަގަ ކުރަށްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި 300 އަށްވުރެ ގިނަ މަޝްރޫއުގައި ސޮއިކުރާނެ ކަމަށެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ މިދިޔަ ފެބްރުއަރީން ފެށިގެން ކުރިއަށް އޮތް ދެމަހަކާ ހަމައަށް 700 ނުވަތަ 800 މަޝްރޫއު ކުންފުނިތަކާ ހަވާލު ކުރާނެ ކަމަށެވެ. އަދި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ފަށަންހުރި މަސައްކަތްތައް ފެށޭ ތަނާއި، ފަށާފައިހުރި މަސައްކަތްތައް ނިންމާފައި އެތަންތަން ރައްޔިތުންނާ ހަވާލު ކުރެވިގެންދާތަން.” ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ވިދާޅުވީ، މ. މުލީގައި މިއަދު ހުޅުވި އެއާޕޯޓަކީ އެ އެއަތޮޅުގެ ތަރައްގީގެ ފެށުން ކަމަށާއި، އެއާޕޯޓު ވެގެންދާނީ މ.އަތޮޅުގެ އިގްތިސާދީ ދޮރާއްޓަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، ނާލާފުއްޓާއި މުލި، ކޯޒްވޭއަކުން ގުޅުވާލާނެކަން އިއުލާނު ކުރައްވައިފައެވެ. ގާތްގަނޑަކަށް 650 މީޓަރުގެ އެކޯޒްވޭގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
އެ މަޝްރޫއުގެ އިތުރުން މުލީގެ މަގުތައް ހެދުމުގެ މަޝްރޫއާއި، މުލީ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، އެ ރަށުގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުއަށް ވެސް ބަޔަކު ހޯދަން އިއުލާނުކޮށްފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު