ސިއްހީ ދާއިރާ ތަރައްގީކުރަން ތައިލެންޑާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން
ސިއްހީ ދާއިރާ ތަރައްގީކުރަން ތައިލެންޑާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން
ސިއްހީ ދާއިރާ ތަރައްގީކުރަން ތައިލެންޑުގެ އެހީތެރިކަން ހޯދަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގައެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުالله އެވެ. ތައިލެންޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް ޕަބްލިކް ހެލްތު މިސްޓަރ ޑޭޝް-އިސް ކައުތޯންގ އެވެ.

އެ އެމްއޯޔޫގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާ ކުރިއެރުވުމާއި ހެލްތު ރެގިއުލޭޓަރީ ފްރޭމްވޯކްސް ހަރުދަނާކުރުމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުމަށާއި، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންއަށް ވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އެމްއޯޔޫގައި ވަނީ ޖޮއިންޓް ވޯކިން ގްރޫޕެއް އުފެއްދުމާއި، އެކަން ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި ތަފްސީލީ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ވެސް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން