ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ 3 ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒީނިޔާ މިއަދު ސަސްޕެންޑް ކޮށްފައިވަނީ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެއްބާރުލުން ނުދިނުމާއި، ކޮމިޝަންގެ މެންބަރުންނަށް އިހްތިރާމު ނުކުރުން ފަދަ މައްސަލަތަކަކާއި ގުޅިގެންނެވެ.
ޒީނިޔާ ސަސްޕެންޑް ކޮށްފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންނަށް މިނިވަންކަމާއެކު ވަޒީފާ އަދާކުރުމަށް ދަތިކުރަމުންދާ ކަމަށް ބުނެ އެކަން ހައްލުކޮށްދޭން އެދި އެކޮމިޝަންގެ 15 މުވައްޒަފުން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.
އެގޮތުން ޕެޓިޝަންގައި ބްރޯޑްކޮމްގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެތެރޭގައި މުވައްޒަފުން ލައްވާ އެހެން މުވައްޒަފުންނަށް ފާރަލާ ކަމަށާއި އަދި ޒާތީވެ މުވައްޒަފުންނާ ޖައްސާލައި ނަފްސާނީ ގޮތުން ގޯނާކުރާ ކަމަށް ބުނެފައިވެއެވެ.
އަދި މުވައްޒަފުން ލައްވައި ގޭގައި މަސައްކަތްކޮށް އިތުރު ގަޑީގެ އިނާޔަތްތައް ނުދޭކަންވެސް ޕެޓިޝަންގައި ފާހަގަ ކޮށްފައިވެއެވެ.
އޭގެ އިތުރަށް ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށާއި، އެ މައްސަލަތައް މަޖިލީހުން ބަލައި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ޕެޓިޝަންގައި އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު