ޖެނެރޭޝަން ބޭންގެ ބިލު ތަސްދީގުކުރުން
ޖެނެރޭޝަން ބޭންގެ ބިލު ތަސްދީގުކުރުން
ދެހާސް ހަތަކުން ފެށިގެން އުފަންވި ފަރާތްތަކަށް ދުންފަތް މަނާކުރަން ދުންފަތް ކޮންޓްރޯލްކުރުމަ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރަށްވައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު މަޖިލީހުން ފާސްކުރި އެ ބިލު ރައީސް ތަސްދީގުކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން 2007 އިން ފެށިގެން އުފަންވި ބައެއް ސުކޫލު ކުދިންވެސް ބައިވެރިވެފައިވެއެވެ.

ޖެނެރޭޝަމް ބޭންގެ އިތުރުން މިއަދު ތަސްދީގުކުރި ބިލާއެކީ ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.

އަދި އެ ގާނޫނާ ހިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.

ތަސްދީގުކުރި އެ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން