ސިއްހީ ދާއިރާއިން ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށާއި އެ ދާއިރާއިން ގުޅުން ބަދަހިކުރަން އިޓަލީއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، އިޓަލީގެ ހެލްތު މިނިސްޓަރު ޕްރޮފެސާ އޮރާޒިއޯ ސްކިލާޗީއާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ހެލްތު މިނިސްޓްރީން މިއަދު މައުލޫމާތު ދިންގޮތުގައި މި ބައްދަލުވުމުގައި ސިއްހީ ދާއިރާއިން ދެ ގައުމުގެ ދެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާއިރު އޭގެތެރޭގައި ތެލެސީމިއާގެ ހިދުމަތާއި، ޓެލެމެޑިސިން އަދި މީހުން ބިނާކުރުމާ ގުޅޭ މަސައްކަތްތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި ވަސީލަތުގެ ގޮތުން ދެ ގައުމުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައިވާކަމަށް މިނިސްޓްރިީން މައުލޫމާތު ދެއެވެ.
ވޯލްޑް ހެލްތް އެސެމްބްލީގެ ހަވާސާގެ ތެރެއިން މިނިސްޓަރު ނާޒިމް ގެންދަވަނީ އެކި ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ބައްދަލުކޮށް ސިއްހީ ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ތެލަސީމިއާ ބަލީގެ ދާއިރާއިން އެހީތެރިކަން ހޯދުމަށް ސައިޕްރަސް އާއެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު