ދިވެހި ފުލުހުން ޚިދުމަތުގައި
ދިވެހި ފުލުހުން ޚިދުމަތުގައި
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު ފައިސާގެ 80 އިންސައްތަ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް 45 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން ޖުމްލަ 481،520.67 ރުފިޔާ ގެއްލިފަވާއިރު، ގެއްލުނު ފައިސާގެ 80 އިންސައްތައަށްވާ 383،610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ފުލުހުން ބުނީ ސްކޭމާއި ގުޅިގެން އެންމެ ގިނައިން ހުށައަޅާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ސްކޭމް ކުރުމަށް ސްކޭމަރުން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސްގެ 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.

އޭގެއިތުރުން ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލަ އާއި، ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްގެ 5 މައްސަލަ އާއި، އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ ކޮންމެ ބާވަތަކުން 1 މައްސަލަ ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ވައިބަރ، ފޯނު ކޯލް، އައިބޭ، މެސެންޖަރ، ޓެލެގްރާމް އަދި އިންސްޓަގްރާމް މެދުވެރިކޮށްވެސް ސްކޭމް ހިންގާފައިވެއެވެ.

ފުލުހުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށާއި ޝައްކު އުފެދޭނަމަ ޔަޤީންކުރުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން