މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން އެ މައްސައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ބަންދުން ދޫކޮށްލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ އަލުން ހައްޔަރުކޮށްފި އެވެ.
ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އެހެންވެ އޭނާގެ ވަކީލު އޮތީ ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ރަސްއަށް އެނގިފައިވާ ގޮތުން ރައުދު މިއަދު ހެނދުނު 12 ޖަހަން ކައިރިވެފައި ވަނިކޮށް ފުލުހުން އޭނާ ދޫކޮށްލީ އިސްތިއުނާފުގެ އަޑުއެހުމެއް މެންދުރު އެކެއް ޖަހާއިރު ހައިކޯޓުގައި ތާވަލުވެސްކޮށްފައި އޮއްވަ އެވެ.
ނަަމަވެސް އޭގެ ކުރިން ރައުދު ފުލުހުން ދޫކޮށްލީ ކީއްވެގެންކަން ސާފުނުވާއިރު ހަމަ ފުލުހުން މިއަދު ހަވީރު ވަނީ ރައުދު އަނެއްކާވެސް ހައްޔަރުކޮށްފަ އެވެ. ރައުދު އަލުން ހައްޔަރުކުރި ސަބަބެއް ވެސް ސާފެއް ނުވެއެވެ.
އެ މައްސަލައިގައި ރައުދުގެ ޕާސްޕޯޓް އަދި އޭނާގެ ފޯނުވެސް ފުލުހުން ހިފަހައްޓާފައިވާއިރު ޔުމްނު ވެއްޓުމުގައި ރައުދު އެއްވެސް ދައުރެއް އަދާކުރި ކަމެއް ނޭނގެ އެވެ. އަދި އެކަމާގުޅޭ އެއްވެސް ހެއްޖެއްވެސް މިހާތަނަށް ހޯދިފައިވާ ކަމަކަށް ފުލުހުން ނުބުނެއެވެ.
ޔުމްނު ވެއްޓުނު ރޭ ދެ މީހުން ވަރަށް ގައިގޯޅިކޮށް އުޅުނުއިރު ހަމަ އެރޭ ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ވެސް ހިނގިކަމަށް ރައުދު ބުނެފައި ވާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު