އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ ޖެނީން ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކުރި ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް މިޝަންއަކަށް ދިން ހަަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ޔޫރަޕިއަން ޔޫނިއަންއާއި އަރަބި އަދި އެޝިއާގެ ގައުމުތަކުގެ ޑިޕްލޮމެޓުން އިއްޔެ ޖެނީން ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކުރައްވަމުން ދަނިކޮށް ބަޑިން ހަމަލާ ދިނީ އެ މިޝަންގެ ބޭފުޅުން ނުބައި ސަރަހައްދަކަށް ވަނުމުން އިންޒާރު ދިނުމުގެ ގޮތުން ކަމަށް އިސްރާއިލުން ބުންޏެވެ.
އެ ހަމަލާގައި އެއްވެސް މީހަކު ޒަހަމްނުވި ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުން އެ ހަމަލާ ވަނީ ކުށްވެރިކޮށްފަ އެވެ.
އެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެ ޑިޕްލޮމެޓުންނަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަގުވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާއި ހިލާފަށް ހިންގި އެ އަމަލާ މެދު ނުހަނު ކަންބޮޑުވާ ކަމަށާއި އަދި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމަށެވެ.
ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތަކެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލުގެ އަމަލުތައް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ހިލާފު ކަމަށެވެ.
އެހެންކަމުން އިސްރާއީލްގެ އެ އަމަލު ކުށްވެރިކޮށް ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ގޮވާލި އެވެ.
އިޒްރާއީލަކީ ފޮރިން މިނިސްޓްރީން ފާހަގަކުރި ވިއެނާ ކޮންވެންޝަންގައި ހިމެނޭ ގާނޫނު ތަކުގައި ސޮއި ނުކުރާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު