ކަސްޓަމްސްއިން ކުރިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސްއިން ކުރިން އަތުލައިގަތް މަސްތުވާތަކެތި
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ހަތް މިލިއަަނަށް ވުރެ ގިނަ ރުފިޔާގެ ޕާޓީ ޑްރަގްސް ދިވެހި ކަސްޓަމުން މިރޭ އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ އެ ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާގުޅިގެން މިރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރި ކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ކުރި ތަހުލީލުތަކުން މެތައެމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

"މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާ ކުރެވެ އެވެ." ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން