ދ. ކުޑަހުވަދޫ އާއި ނ. ހޮޅުދޫގެ މަގުހެދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިޔަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން ބުނީ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު އޯކިޑް މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް އަދި ދުވާރުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

އަދި ހޮޅުދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ލައިނޫފަރު މަގުގައި ކޭބަލް ޖަންކްޝަން ހުރަސް ހޮޅި އެޅުމާއި މަގު ކޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި މަސައްކަތުގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގެރާމްގެ ދަށުން ޅ. ނައިފަރުގެ ތަރައްގީއަށްވެސް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއާއި ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރު ކުރާ އިމާރާތް އަދި ވޭސްޓް އެންޑް ރިސޯސް މެނޭޖްކުރުމުގެ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އަދި ވެހިކަލް އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން