ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، އެމްޑީޕީ ޖަގަހަ ހިމެނޭ ސަރަހައްދުގެ ޑިސްޓްރިބިއުޝަން ޕެނަލްގެ ކޭބަލްތައް މީހަކު ކޮށާލާފައިވާކަމުގެ ރިޕޯޓު ލިބުމުން ފުލުހުން އެކަން ބަލާފައިވާ ކަމަށާއި އެކަންކުރި މީހާ ސީނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ ނަސީމީވިލާ އިސްމާއީލް ޝަމީމެވެ.
ކޭބަލްތައް ބުރިކޮށްލުމުން އެމްޑީޕީ ޖަގަހައިން ވެސް ކަރަންޓު ކެނޑުނެވެ. އޭރު އެތަނުގައި ދިޔައީ މުޒާހަރާއަކަށް ތައްޔާރުވަމުންނެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ކެނޑުނު ހިސާބަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ފެށިގެން ކުރިއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު