މި އަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދާ މީހުންގެ އަދަދު ހޯމަ ދުވަހު ހާމަކުރާނެ ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ދުވަހަކީ ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާ ދުވަސްވެސް މެ އެވެ.

މިކަމަކާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ ހޯމަ ދުވަހު ދިވެހި ހައްޖާޖީންގެ އަދަދާއި ހައްޖާޖީންގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހާމަކުރާނެ ކަމަށެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖާޖީން ސައުދީ އަރަބިއްޔާ އަށް ފުރަން ނިންމާފައި އޮތީ ހަތަރު ދުވަސް މަތިންނެވެ. އެއީ 26 އާއި 27 ގެ އިތުރުން 29 އާއި 30 ގައެވެ.

ސައުދީ އަށް މި ފަހަރު ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ހައްޖާޖީން އުފުލާނެ އެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުން ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ސަރުކާރުގެ ހަރަދުގައި މި އަހަރު ވެސް 50 ފަގީރުން ހައްޖަށް ދާނެ އެވެ.

މިދިޔަ އަހަރު ރާއްޖެ އިން ހައްޖަށް ދިޔައީ 1،150 މީހުންނެވެ. އެއީ ރަސްމީ ކޯޓާގެ އިތުރުން ރިޒާވް ކޯޓާތަކުގައި ހައްޖަށް ދިޔަ މީހުންނާ އެކީގަ އެވެ. މި އަހަރު ވެސް ކޯޓާތަކެއް ރިޒާވްކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ހައްޖަށް ދާން ކިއުގައި ތިބި ހުރިހާ އެންމެންނަށް ވެސް އެ ފުރުސަތު ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން