މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ޙާދިސާ އާއި ގުޅިގެން އޭނާގެ ބަޔާން ނެގުމަށް ފުލުހުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާކަމަށް ޔުމްނުގެ ޢާއިލާއިން ހާމަކޮށްފިއެވެ.
ޔުމްނުގެ ޢާއިލާއިން މިހެން ބުނެފައިވާއިރު، ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން އޭނާގެ ބަޔާން ނަގަން މަސައްކަތް ކުރަމުންދާ ކަމަށް ބުރާސްފަތި ދުވަހު ފުލުހުން ވަނީ ބުނެފައެވެ. އަދި ޔުމްނު މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު މެލޭޝިއާގައި އެބަތިބި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ޔުމްނުގެ ޢާއިލާއިން ފުލުހުންނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހު ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އެގޮތުން މައްސަލައިގެ ތަހުގީގު ހިންގުމެއްނެތި، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނީ ވަކި މަގުސަދެއް ޙާސިލުކުރަން ކަމަށް ޢާއިލާއިން ތުހުމަތު ކޮށްފައިވެއެވެ.
އަދި ޔުމްނުގެ މައްސަލާގައި މިހާތަނަށް ފުލުހުން އަމަލުކޮށްފައިވާ ގޮތުން މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރާނެކަމުގެ ޔަގީންކަން އާއިލާ އަށް ނެތް ކަމަށާއި، ނަމަވެސް ޤާނޫނާ ޤަވާއިދުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން މިހާތަނަށް ހުރަހެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށް ސިޓީގައި ވެއެވެ.
“ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށްޓަކާ ރަސްމީގޮތެއްގައި މިހާތަނަށް ވެސް ތިޔަ ހިދުމަތުން އާއިލާ އަށް އަންގާފައެއް ނުވެއެވެ. ފުލުހުންގެ ހިދުމަތުން ހައްވާ ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކާ ރަސްމީކޮށް ލިޔުމުން އަންގައިފިނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމުގައި ދަންނަވަމެވެ." ޔުމްނުގެ ދައްތަ އާއިޝަތު ނާއިޝާ އަހުމަދު ރަޝީދު ސޮއިކޮށް ފުލުހުންނަށް ފޮނުވި ސިޓީގައިވެއެވެ.
ހަމައެއާއެކު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމައިރު ޔުމްނުގެ އާއިލާގެ މެންބަރުންނާ މެލޭޝިއާގައި ދޮޅު ގަޑިއިރެއްހާ އިރަށް ބައްދަލުކޮށްފައިވާ ކަމަށާއި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހޯދަން ފުލުހުން ރަސްމީކޮށް އެދިފައިނުވާ ކަމަށްވެސް ޔުމްނުގެ އާއިލާ އިން ބުނެފައިވެއެވެ.
އޭގެއިތުރުން ޔުމްނު މިވަގުުތު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގޭ ކަމަށާއި، މިވަގުތު އެންމެ ބޮޑު މަސްލަހަތެއް އޮތީ ޔުމްނުއަށް އެކަށީގެންވާ ފަރުވާ ލިބިދީ، އޭނާ އަށް އިންސާފު ހޯދަން މަސައްކަތް ކުރުމަށް ކަމަށްވެސް ޢާއިލާގެ ސިޓީގައިވެއެވެ.
ފުލުހުންގެ ވާހަކަތައް ޢާއިލާއިން އަނެއްކާވެސް ދޮގުކޮށްފައިވާއިރު، ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނާއި ރިޔާސީ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެޙާދިސާ ހިނގިގޮތް އަދިވެސް ހާމަވެފައެއް ނުވެއެވެ.
ޔުމްނު ހޭ އެރިފަހުން ޔުމްނު ބުނި ކަމަށް ބުނެ އޭނާގެ އާއިލާއިން ބުނީ ޔުމްނު އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ބަޔަކުވެސް ތިބިކަމަށް ޔުމްނު ބުނާ ކަމަށެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އޭޕްރީލް މަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި ރައުދަކީ ޙާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ފެންޓެނޯއީ ގޭގައި ޙަރަކާތްތެރިވަމުން ދިޔަ މީހެކެވެ.
ފުލުހުން މީގެކުރިން ވަނީ ޔުމްނު ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ފުންމާލީ އަމިއްލައަށް ކަމަށްވެސް ބުނެފައެވެ. އަދި ރައުދާއި، ޔުމްނު ފެންޓެނޯއީގޭގެ އެތެރޭގައާއި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު ފުލުހުން އާންމުކޮށްފައިވެއެވެ. އެ މައްސަލައިގައި ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފައެވެ.
އަދި އެ މައްސަލައާއި ގުޅިގެން މއ. މާންދޫގެ ދެކުނުބައިގެ ޓެރަހާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވާ ކަމަށާއި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު