މިހާރު ފެށިގެން ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ގައިދީންގެ ގިނަ އުފެއްދުންތަކެއް ދައްކާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ ތެރޭގައި ހިމެނޭ ހުނަރުވެރި ފަރާތްތަކަށް އެ މީހުންގެ ހުނަރުތައް ދައްކާލުމަށް ފުރުސަތު ދީފައިވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) މެދުވެރިކޮށެވެ.

އެގޮތުން މި މައުރަޒުގައި ޖުމުލަ 21 ގައިދީއެއްގެ 16 އައިޓަމް އާއި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި އިހުޒަމާނުގައި ދިވެހީން ދުއްވަން ބޭނުންކުރި ބައްތެލިފަދަ އުޅަނދުތައް ވެސް ހިމެނެއެވެ.

ކަރެކްޝަންސް އިން ބުނީ ގައިދީންގެ އައިޓަމްތައް ބައިވެރިކުރުމުގެ މަގްސަދަކީ ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖްތަމައަށް ދައްކާލުމަށް ފުރުސަތުތައް ހޯދައިދިނުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެފާރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މި މައުރަޒުގައި ތަކެތި ބައިވެރިކުރި ގައިދީން މައުރަޒަށް ގޮސް އެތަކެތީގެ ތައާރަފް ދިނުމަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި އަދި އެގޮތުން މިހާރުވެސް ތިން ގައިދީއަކަށް އެ ފުރުސަތު ދީފައިވާނޭކަމަށް ކަރެކްޝަނުން ބުނެއެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް ކަރެކްޝަނުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުން ދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން