ހދ. ނޮޅިވަރަމުގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.
އެ ރަށު ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި، ނިޔާވި މީހާއަކީ އާންމު ގޮތެއްގައި މެންދުރުގެ ވަގުތުގައި މޫދަށް އެރޭ މީހެކެވެ. އަދި އޭނާއަކީ ފިޓު ޖެހޭ މީހެއްކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން ބުނީ، އެ މީހާ މެންދުރު 11:30 އެހާއިރު މޫދަށް ގޮސް އަސުރު ނަމާދު ވަގުތު ވީއިރު ވެސް ގެއަށް ނާންނާތީ ހޯދަން ފެށިކަމަށެވެ. އަދި އޭނާ ފެނިފައިވަނީ އިރުއޮއްސި ހައެއްޖަހާ އެހާއިރު ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ހޯދަމުން ދަނިކޮށް އޭނާ ފެނުނީ އެ ރަށު އޮޑި އެހެލާ ސަރަހައްދު މޫދުގައި މަރުވެފައި އޮއްވައެވެ. މޫދަށް އެރިއުޅެނިކޮށް މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކައުންސިލުން ބުނީ ފުލުހުން މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު