ރާއްޖޭގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަށް ވެވަޑައިގެންފައިވާ ވައުދު 2030ގެ ކުރިންވެސް ހާސިލްވެދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުކުރު ދުވަހު ހުޅުވި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ދައުލަތުގެ މީޑިޔާ އަށް ދެެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެެ. މި އިންޓަވިއުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު ކަމަށާއި އެމައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ އުފެއްދުންތެރިކަމަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ގިނަ ރައްޔިތުން މި ފުރުޞަތުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއީ ފެށުމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި އުފެއްދުންތެރި އިޤްތިޞާދެއް ޤާއިމުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއްކަން ފާހަގަކުރަށްވާފައެވެ. އެގޮތުން 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ އުފެއްދުންތެރި ޞިނާޢަތުގެ ހިއްސާ ކަމުގައި ހެދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މައުރަޒުގައި އެ ދާއިރާއިން ފެނިގެންދިޔަ ހުށަހެޅުންތަކަށް ބަލާއިރު، 2030 ގެ ކުރިން މި ލަނޑުދަނޑި ޙާޞިލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަޤްޞަދަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، މުޅި ޖީ.ޑީ.ޕީގެ 15 އިންސައްތައަކީ އުފެއްދުންތެރި ޞިނާޢަތުން ޙިއްޞާކުރާ މިންވަރު ކަމުގައި ހެދުން، އެހެންނަމަވެސް، މިހާރު ފެންނަމުންދާ ޝައުޤުވެރިކަމަށް ބަލާއިރު، މި ލަނޑުދަނޑި އެއަށްވުރެ ކުރިންވެސް ޙާޞިލުކުރެވިދާނެ، އަޅުގަނޑުގެ ޒިންމާއަކީ މި ދާއިރާއަށް ފުރުޞަތު ފަހިކޮށްދިނުމާއި، މި ހުނަރުވެރިކަމަށް މަގުފަހިކޮށްދިނުން، މިއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަންކަން، މީގެ ތެރޭގައި ފުރިހަމަ ފައިސާ ދެއްކުމުގެ ނިޒާމެއް ޤާއިމުކުރުމާއި، ވިއްކާ ފަރާތްތަކަށް އެކައުންޓް ހުޅުވުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޑިޖިޓަލް މަންސަތަކުން މެދުވެރިކޮށް ރާއްޖޭގެ އުފެއްދުންތެރިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރުޞަތުތައް ފަހިކޮށްދެވޭނެ ކަމަށެވެ. އަދި މިހާރު ހުރި ފުރުޞަތުތައް އިތުރަށް ފުޅާކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު