ޤައުމު އެއްބައިވަންތަކޮށް އިޖްތިމާޢީ ރޫޙު އާލާކޮށްދިނުމުގައި ފުޓުބޯޅަ އަދާކުރާ ދައުރު ވަރަށް ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވެފައިވަނީ، ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި ކަމަށެވެ.
“ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައި. ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެއާއެކު އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުންދާ ކަމަށެވެ.
ރަައީސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ މައި ފުޓުބޯޅައިދާރާގައި ހިނގާދިޔަ ކޮރަޕްޝަންގެ ޢަމަލުތަކަކާ ގުޅިގެން، އެއިދާރާ މިވަގުތު ހިންގަމުން ގެންދަނީ ދުނިޔޭގެ މައި ފުޓުބޯޅަ އިދާރާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހަކީ ދުނިޔޭގެ ފުޓްބޯޅަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު