އަބްދުލް ކަރީމް
އަބްދުލް ކަރީމް
ގިނަ އަދަދެއްގެ ސިނގިރެޓް ކާޓަން ވަގަށް އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެެވެ.

ފުލުހުން ބުނީ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެލޭގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އަބްދުލް ކަރީމް، ބަންގްލަދޭޝް (45އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ ގަވައިދާ ހިލާފަށް އުޅެމުންދާ މީހެއްކަމަށެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް 15 ދުވަސް ވެސް ވަނީ ޖަހައިފަ އެވެ.



ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން