އަންހެނެއްގެ މައްސަލައިގައި ހުޅުމާލޭގައި މާރާމާރީ ހިންގި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ބުރެވިގަސް މަގުގައި ހިނގި މާރާމާރީއެއްގެ މައްސަލަ މިއަދު 13:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިންގި ކަމާއި އެ އާއިލާގެ އިތުރު ބަޔަކު ވެސް އެ ހަމަނުޖެހުމުގައި ބައިވެރިވިކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މާރާމާރީގައި އެކަކުގެ ބޯފެޅި، ދެ މީހުންނަށް ވެސް ތަފާތު ކުދި އަނިޔާތައް ލިބުނު ކަމަށް ފުލުހުން ހާމަ ކޮށްފައި ވެއެވެ. އަދި އެ ދެމީހުންނަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާރު އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު