އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުގައި ކުރިންހުރި މުޙައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލައިފިއެވެ.
ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުންވަނީ ދައުވާ ކޮށްދިނުމަށް އެދި މި މެއި މަހުގެ 13 ގައި ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެ ދުވަހު ޕީޖީ އޮފީހުން ވަނީ 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެކަމަށް ބުނެފައެވެ.
އަދި މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޝަމްޢާންގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ފޮނުވާފައިވާ ކަމަށާއި އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑްރިންގ ކުށުގެ ދައުވާކަމަށެވެ.
މި ދައުވާތަކުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ބިދޭސީ މީހާއަށް 500،000 ރުފިޔާ އަދި ދައުލަތަށް 400،000 ރުފިޔާ ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ.
ޝަމްއާންގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލާގައި ޝަމްއާނަށް ވާގިވެރިވި ގ. ހެޕީ ސައިޑް، އިބްރާހީމް އަޙްމަދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު