މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތާ ގުޅިފައިވާ އެސްއޯއެފް ކުންފުނިން އެމްއެމްޕީއާރްސީއަށް 165 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެސްއޯއެފުން އަމަލުކޮށްފައި ނުވި އަސް އެ ހުކުމް ތަންފީޒުކުރަން އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅުން ހުރި،، ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ މުޙައްމަދު އަލްލާމް ލަޠީފް (މޮހޯ) ގެ ހިއްސާ ކުރިން އޮތް އެސްއޯއެފްގެ މައްޗަށް 2017 ވަނަ އަހަރު ޙުކުމް ކުރީ އެ ކުންފުންޏާއި އެމްއެމްޕީއާރުސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު (165 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދުމަށް އެމްއެމްޕީއާރުސީން ދަޢުވާ ކުރުމުންނެވެ.
އެ ޙުކުމާ އެއްގޮތަށް ހަ މަސް ދުވަހުގެ ތެރޭގައި އެސްއޯއެފުން ފައިސާ ދައްކާފައި ނުވާތީ، ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއް އެމްއެމްޕީއާރުސީން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ޙުކުމުގައި، އެމްއެމްޕީއާރުސީއަށް ދައްކަންޖެހޭ ފައިސާ އެސްއޯއެފުން ދައްކާފައި ނުވާކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ.
ނަމަވެސް، އެސްއޯއެފްގެ ނަމުގައި އެއްވެސް މުދަލެއް ހުރިތޯ އާއި އެ ކުންފުންޏަށް އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ހުރިތޯ ކޯޓުން ބެލި ބެލުމުން އެފަދަ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި ސާބިތުވެފައިވާ ދަރަނީގެ ފައިސާ އެމްއެމްޕީއާރުސީއަށް ހޯދައިދިނުމުގެ ގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މި ވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ކޯޓުން ނިންމާފައިވެއެވެ.
އެހެންކަމުން، ސިވިލް ކޯޓުން ނިންމީ އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް ހުރިކަން އެނގޭނެ ލިޔެކިޔުންތަކާއެކު ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތަކާއެކު ކޯޓަށް ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅުމުގެ ޙައްޤު އަދިވެސް އެމްއެމްޕީއާރުސީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، މައްސަލަ ނިންމުމަށެވެ.
އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އޭގެ ތެރެއިން ބައެއް ފައިސާ އެކި ފަރާތްތަކަށް ބަހާފައިވަނީ އެސްއޯއެފްގެ އެކައުންޓުން ކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގެ ތެރެއިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔާތާއި ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލްގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު