ފޭސްބުކް ލައިވްއެއްގައި މީހަކު ބަރަހަނާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި ލައިވްވި ދިވެހި އަންހެނަކު ބަރަހަނާވެ ޖިންސީ އަމަލުތަކެއް ހިންގާފައި ވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހެންވެ އެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް، މި މައްސަލާގައި ހިމެނޭ މީހާގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް މި މައްސަލާގައި އެ މީހާ ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ފޭސްބުކް، ޓިކްޓޮކްފަދަ ޕްލެޓްފޯމްތަކުގައި ލައިވްވާ ދިވެހީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެފަދަ ލައިވްތަކުގައި ބޭއަދަބީ ބަސްތައް ބޭނުންކުރުމާއި ޒުވާބު ކުރުމާއި މަރުގެ އިންޒާރު ދިނުންފަދަ ކަންކަން ދޭތެރެއަކުން ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު