"ގްރީން ފްލެގު" މިއީ މީހެއްގެ ރަނގަޅު ސިފަތައް ބަޔާން ކުރުމަށްޓަކައި ވަރަށް ގިނަ މީހުން ބޭނުންކުރާ ބަހެކެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް ރަނގަޅު އާދަތަކާއި ގޯސް އާދަތަކެއް ވެއެވެ. އާންމު ގޮތެއްގައި މިބުނާ "ގްރީން ފްލެގު" ތަކާ މެދު މީހުން ވިސްނަނީ ހަޔާތުގެ ބައިވެރިއެއް ކަނޑައަޅާއިރުއެވެ.
އެހެންކަމުން މިފަހަރު މި ހިމަނާލަނީ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ހިޔާރުކުރާ އަންހެނެއްގެ ކިބައިގައި ހުންނަންޖެހޭ ގްރީން ފްލެގުތަކެވެ.
ކައްކަން އެނގުން
ކައްކަން އެނގުމަކީ އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް އެނގެން ޖެހޭ ކަމެކެވެ. އެހެންނަމަވެސް މިއީ ގިނަ ފިރިހެނުން ހަޔާތުގެ ބައިވެރިޔާ ހިޔާރު ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދީގެން ބަލާ އެއްކަމެވެ. ބައިވެރިޔާއަކީ ތިމާ މަސައްކަތުން އަންނައިރު ރަނގަޅު ރަހަމީރު ކާއެއްޗެހި ތައްޔާރު ކޮށްފައިވާ މީހަކަށް ވާން ކޮންމެ މީހަކުވެސް އެދޭނެއެވެ.
ކުޑަކުދިން ދެކެ ލޯބިވުން
މިއީވެސް ހަމަ ކޮންމެ ފިރިހެނަކު ހަޔާތުގެ ބައިވެރިޔާ ހިޔާރު ކުރާއިރު ބަލާ ކަމެކެވެ. ހަޔާތެއް ފަށަނީ އާއިލާއެއް ބިނާ ކުރުމަށްޓަކައެވެ. އަނބިމީހާއަކީ ކުޑަކުދިންދެކެ ލޯބިވާ އެކުދިންނަށް އަޅާލާ މީހަކީނަމަ، އެއީ ތިމާއަށް ލިބޭ ދަރިންނަށް އޯގާަތެރި މަންމައަކަށް ވާނެ ކަމުގެ ޔަގީންކަން އޮވެއެވެ.
ފިރިހެން ބެސްޓް ފްރެންޑެއް ނެތުން
ހަޔާތުގެ ބައިވެރިޔާ ހިޔާރު ކުރާއިރު މިއީވެސް ގިނަ ފިރިހެނުން ބަލާ ކަމެކެވެ. އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާ ނުވަތަ "ބެސްޓް ފްރެންޑު" އަކީ ފިރިހެނެއްކަމުގައި ވަނީނަމަ ގިނަ ފަހަރަށް ދެމެފިރިންގެ ދެމެދުގައި އެކަމާ ގުޅިގެން އަރައިރުންތައް އުފެދެއެވެ. އަދި މައްސަލަ ގޯސްވެއެވެ.
މައިންބަފައިންނަށް ކަމޭހިތުން
ހަޔާތުގެ ބައިވެރިޔާއަކީ އެމީހުންގެ އަމިއްލަ މައިންބަފައިންނަށް ކަމޭހިތާ މީހަކު ކަމުގައި ވަނީނަމަ އެއީ އޭނާގެ ގްރީން ފްލެގެކެވެ. އެފަދަ މީހުން ތިމާގެ މައިންބަފައިންނަށްވެސް ވަރަށް ގަދަރު ކުރާނެއެވެ. އަދި ތިމާގެ މައިންބަފައިންނާ ތިމާއާ ދުރުކުރުމަށް މަސައްކަތެއް ނުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު