އިންޑިއާ، ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވާނެކަމުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް ގެ ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރު ނިމުމުގެ ކުރިން އިންޑިއާ، ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވެގެންދާނެއެވެ. މިގޮތުން ޖަޕާން ފަހަނައަޅައި، އެމެރިކާ، ޗައިނާ އަދި ޖަރުމަނުގެ ފަހަތުން އިންޑިއާ ހަތަރުވަނައަށް އަރާނެއެވެ.
އަވައްޓެރި އިންޑިޔާގެ އިޤްތިޞާދަށް ބޮޑު އިންގިލާބީ ކުރިއެރުމެއް ލިބޭއިރު 2014 ވަނަ އަހަރު އެގައުމު އޮތީ ދުނިޔޭގެ ދިހަ ވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައެވެ. އެހެންނަމަވެސް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ 11 އަހަރުގެ ތެރޭގައި އިންޑިއާގެ ޖީޑީޕީ ދެގުނަ އިތުރުވެ، ހަތަރު ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދަކަށް ވެގެންދާނެއެވެ.
މިހިނގާ 2025 ވަނަ އަހަރު އިންޑިއާގެ އިޤްތިޞާދީ ކުރިއެރުން 6.2 އިންސައްތައިގައި ހިފެހެއްޓި، ދުނިޔޭގެ އެންމެ ބާރު ސްޕީޑެއްގައި ކުރިއަރަމުންދާ ބޮޑު އިޤްތިޞާދުގެ ގޮތުގައި ދެމިހުންނާނެއެވެ.
އިންޑިއާގެ އިޤްތިޞާދަށް މި ކުރިއެރުމަށް މަގުފަހިކޮށްދިން ކަންތައްތަކުގެ ތެރޭގައި މުދަލާޢި ޚިދުމަތުގެ ޓެކްސްއާއި، އިންސޮލްވެންސީ އެންޑް ބޭންކްރަޕްސީ ކޯޑާއި، ޑިޖިޓަލައިޒޭޝަން، އަދި މެނުފެކްޗަރިންގ ސެކްޓަރަށް ދީފައިވާ އިސްކަން ހިމެނެއެވެ. މީގެ އިތުރުން، މަގުތަކާއި، ރޭލްވޭ، ހަކަތަ އަދި ދިފާޢީ ދާއިރާގެ އިންފްރާސްޓްރަކްޗަރަށް ކުރެވުނު ބޮޑެތި އިންވެސްޓްމަންޓްތައްވެސް ފާހަގަކުރެވެއެވެ.
ނަމަވެސް، އިންޑިއާގެ ބޮޑު އާބާދީ (1.4 ބިލިއަން) ގެ ސަބަބުން ޖީޑީޕީ ދެގުނަވިޔަސް، ބޮލަކަށް ޖެހޭ އާމްދަނީ ދަށް ފެންވަރެއްގައި ދެމިއޮތުމާއި، ނުރަސްމީ ވަޒީފާތަކުގެ ނިސްބަތް މަތިވުން (90އިންސައްތަ)، އަދި އަންހެނުންގެ ވަޒީފާގެ ބައިވެރިވުން ދަށްވުން (26އިންސައްތަ) ފަދަ ގޮންޖެހުންތައް ދެމިއޮންނާނެއެވެ.
2027 ގައި އިންޑިއާގެ އިޤްތިޞާދު ފަސް ޓްރިލިއަން ޑޮލަރަށް އިތުރުވެ، 2028 ގައި ޖަރުމަނު ފަހަތަށް ޖައްސައި ދުނިޔޭގެ ތިން ވަނަ އެންމެ ބޮޑު އިޤްތިޞާދަށް ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ. މި ކުރިއެރުން ދެމެހެއްޓުމަށް، ދަނޑުވެރިކަމުގެ އިޞްލާޙުތައް، ވަޒީފާގެ އިޞްލާޙުތައް، ތަޢުލީމާއި ހުނަރު ތަރައްޤީކުރުން، އަދި ވަޒީފާ އުފެއްދުމަށް އިތުރު މަސައްކަތްތައް ކުރަންޖެހޭކަމަށް މާހިރުން ލަފާދެއެވެ.

ކިޔުންތެރިންގެ ހިޔާލު