ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން ހިންގާ ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ސޫ ކޮކް ލެންގ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުށައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުޢިއްޒުގެ މި ޚިޔާލުފުޅު ސިންގަޕޫރު ސަފީރަށް ހުށައަޅުއްވާފައިވަނީ ސިންގަޕޫރު ސަފީރު މިއަދު ހެނދުނު ރައީސް ޑރ. މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި، މަތީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މަޢުލޫމާތު ދީފައެވެ.

“މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި، އިޤްތިޞާދާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ހިތްވަރުދެއްވައި އެކަމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމުގެ ސިނާއަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

އޭގެއިތުރުން މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކުރައްވައި، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވަމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން