މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ހާމަނުވާ ގޮތަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ޕޯޓަލެއް ތައާރަފް ކޮށްފިއެވެ.
މި ޕޯޓަލްގެ ދަށުން އެޗްޑީސީގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ހުރިހާ ކަމެއް ރިޕޯޓުކުރަން ފުރުސަތު ލިބެއެވެ. އަދި މި ޕޯޓަލްގައި ވާގޮތުންނަމަ އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި އާންމުންނަށް ވެސް މައްސަލަތައް ރިޕޯޓުކުރެވޭނެއެވެ.
މީގެ އިތުރުން މި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާއިރު، އެ މައުލޫމާތުގެ ހެކީގެ ގޮތުގައި ޑޮކިއުމަންޓް ވެސް ހުށަހެޅޭނެ އެވެ.
https://www.hdc.mv/whistleblow
އެޗްޑީސީން ބުނީ މި ޕޯޓަލް އަކީ ކޮންމެ މީހަކު ގޯހެއް ހެދިޔަސް ނުވަތަ މަކަރާއި ހީލަތުން ކަންކަން ކުރިޔަސް އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ހަދާފައިވާ ޕޯޓަލެއް ކަމަށެވެ. އަދި މިއީ ރައްކާތެރި ގޮތެއްގައި މީހާގެ ސިއްރު ހިފެހެއްޓޭނެ ގޮތަށް މައުލޫމާތު ދެވޭނެ ޕޯޓަލެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ފަހު 21 ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން މައްސަލައިގެ ބާވަތައް ބަލައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕޮލިހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ.
އަދި މައްސަލަ ބެލުމަށް އިތުރު ވަގުތު ހޭދަވާ ނަމަ އެކަން ވެސް މައްސަލަ ހުށަހަޅާ ފަރާތައް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މިފަދަ ވިސްލްބްލޯވާ ޕޯޓަލެއް އެޗްޑީސީން ތައާރަފް ކޮށްފައި މިވަނީ އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުން ދަނިކޮށެވެ. އެ މައްސަލަތަކާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު