މ. ލާލުބާގް އަލްފާޟިލް އަޙްމަދު ޝަހީރު
މ. ލާލުބާގް އަލްފާޟިލް އަޙްމަދު ޝަހީރު
ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަޙްމަދު ޝަހީރު މިއަދު އައްޔަނު ކުރަށްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު، ޕީސީބީން މިއަދު ބުނީ، 29 މެއި 2025 ވަނަ ދުވަހުން ފެށިގެން އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަޙްމަދު ޝަހީރު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އެޗްޑީސީގެ ޗެއާމަނަކަށް މިއަދު އައްޔަނު ކުރެއްވި ޝަހީރު ވަނީ މި ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަޤާމުވެސް އަދާކުރަށްވާފައެވެ. ނަަމަވެސް ފެނަކައިގެ ޗެއާމަންކަމުގެ މަޤާމުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭނާ ވަނީ ވަކިކުރައްވާފައެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި މީގެ ކުރީން ހުންނެވީ އަހުމަދު ނާސިފް އެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އާސިފް އެމަގާމުން ވަކިކުރަށްވައި ވެމްކޯގެ ޗެއާމަނަކަށް ވަނީ އައްޔަނުކޮށްފައެވެ.

ޝަހީރަކީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވީ ނޮވެމްބަރު 15، 2018 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން