ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރިވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރާނީ ކުރީ ސަރުކާރުން އާންމުކުރި ދާއިމީ ލިސްޓާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ "ގެދޮރުވެރިޔާ" ސްކީމާ ގުޅުންހުރި ބައެއް މައުލޫމާތު ހިއްސާ ކުރުމަށްޓަކައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 2023 ވަނަ އަހަރު ނޮވެމްބަރު 15 ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ކަމަށެވެ.
އަދި މި ސަރުކާރުން ފައިނަލް ލިސްޓުގެ ގޮތުގައިވެސް، ނުވަތަ އެހެން ލިސްޓެއްގެ ގޮތުގައިވެސް މި ސްކީމާ ގުޅުންހުރި ލިސްޓެއް ނުނެރޭނެ ކަމަށް ވަނީ ވިދާޅުވެފައެެވެ.
ނަމަވެސް، މި ލިސްޓަށް އަމަލުކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ފްލެޓަށް އެދޭ މީހުންގެ ހުންނަންވާ ޝަރުތުތައް ފުރިހަމަ ނުވާނަމަ އެ ފަރާތްތައް ލިސްޓުން އުނިކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަން ކަށަވަރުކުރުމަށް ބަލަމުން އައި މިންގަނޑު ވެސް ސަރުކާރުން މިހާރު ލުއިކޮށްފައިވާ ކަމަށެވެ. އެގޮތުން، ފްލެޓުތަކަށް އިއުލާނުކުރި ތާރީހުން ފެށިގެން 15 އަހަރުގެ މުއްދަތުގެ ކުރިން މާލެއަށް ބަދަލުވިކަން އެނގެން އޮވެ، އޭގެފަހުން އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަން އެނގެން ނެތް މީހުން ބަލާނީ މާލޭގައި ދިރިއުޅުނު މީހުންގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު