އަހުމަދު ޔާމިން   13 ސެޕްޓެމްބަރު 2020 - 15:31
ރޭގެ މެޗްގައި ހެޓްރިކް ހެދި ލިވަޕޫލްގެ މުޙައްމަދު ޞަލާޙް (ވ).
ރޭގެ މެޗްގައި ހެޓްރިކް ހެދި ލިވަޕޫލްގެ މުޙައްމަދު ޞަލާޙް (ވ).
ހަނިގޮތަކަށް ލީޑްސް އަތުން މޮޅުވެ ލިވަޕޫލުން އިނގިރޭސި ޕްރިމިއަރ ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

16 އަހަރަށް ފަހު ޕްރެމިއާ ލީގަށް ޕްރޮމޯޓްވި، އިނގިރޭސި ލީގުގެ ކުރީގެ ބާރެއް ކަމަށްވާ ލީޑްސް އިން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓިމްގެ އުންމީދުތައް ފުނޑުފުނޑު ވީ ފަހު ވަގުތު ލިވަޕޫލަށް ލިބުނު ޕެނަލްޓީއެއް ޞަލާހް އެޓިމުގެ ގޯލަށް ވައްދާލުމުންނެވެ.

ޕްރެމިއާ ލީގު 30 އަހަރު ފަހުން ކާމިޔާބު ކުރި ލިވަޕޫލް މި މެޗުގައި ވަނީ ތިން ފަހަރު މަތިން ލީޑު ނަގައިފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ލީޑްސް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ނަތީޖާ ބަދަލު ކޮށްލީ ފަހު ވަގުތު ލިބުން ޕެނަލްޓީ އެއް ލިވަޕޫލް ގެ ސަލާހް ގޯލުގެ ތެރެއަށް ފޮނުވައިލައިގެންނެވެ.

އެ މެޗު ފެށިތާ ހަތަރު މިނެޓު ތެރޭ ލިވަޕޫލުން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވަޑް މުހައްމަދު ސަލާހެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ލިބުނީ ސަލާހު ފޮނުވާލި ހަމަލާއެއް ލީޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ރޮބިން ކޮޗްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކެލްވިން ފިލިޕްސް ދިން ބޯޅައަކުން ލީޑްސްއަށް ޖެކް ހެރިސަން ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މެޗުގެ 20 ވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ދިން ބޯޅައަކުން ވާޖިލް ވެން ޑައިކް ވަނީ ލިވަޕޫލަށް އަލުން ލީޑު ހޯދައިދީފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ލީޑްސްއަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ ޕެޓްރިކް ބެމްފޯޑްއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން މުހައްމަދު ސަލާހު ވަނީ އަނެއްކާވެސް ލިވަޕޫލަށް ލީޑު ހޯދައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-2ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ތިންވަނަ ފަހަރަށް ލީޑްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ހެލްޑާ ކޮސްޓާ ދިން ބޯޅައަކުން ލީޑްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މަޓެއުޒް ކިލިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. ލިވަޕޫލް މޮޅުވި ލަނޑު ޕެނަލްޓީ އަކުން 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ސަލާހް ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާވެސް ހޯދައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން