ފުލަމް ބަލިކޮށް އާސެނަލް އިގިރޭސި ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ. ރޭ ކުޅުނު މިސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ފުލަމް އަތުން އާސެނަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅުނީ ފުލަމްގެ ދަނޑުގައެވެ.
މި މެޗުގައި އެޓީމަށް މިސީޒަންގައި އަލަށް ގުޅުނު ގެބްރިއަލް އާއި ވިލިއަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ކުރީގެ ޗެލްސީގެ ކުޅުންތެރިޔާ ވިލިއަން ވަނީ މި މެޗުގައި 3 އެސިސްޓު ހަދައިފައެވެ. އަދި އެޓީމަށް އަލަށް ގެނައި ގެބްރިއަލް ވެސް ވަނީ މި މެޗުގައި އާސެނަލަށް ލަނޑެއް ޖަހައިދީފައެވެ.
އެ މެޗުގެ އަށްވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ވިލިއަން ފޮނުވާލި ހަމަލާއެއް ފުލަމްގެ ކީޕަރު މަރެކް ރޮޑަކް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސެންޑްރޭ ލަކަޒޭޓްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުގެ ތެރޭ އާސެނަލުން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ވިލިއަން ނަގައިދިން ކޯނަރަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އާސެނަލާ ގުޅުނު ބްރެޒިލް ޑިފެންޑަރު ގެބްރިއަލް މަގަލްހައޭސްއެވެ. މެޗުގެ 57 ވަނަ މިނެޓުގައި އާސެނަލުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ވިލިއަން ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އޮބަމަޔާންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޮބަމަޔާން ފޮނުވާލި ހަމަލާ އަމާޒުވީ ފުލަމްގެ ގޯލުގެ މަތީ ކަނަކަށެވެ.
ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އިން ވަނީ ސައުތުހެމްޓަން އަތުން 1-0 އިން މޮޅުވެފަ އެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ނިއުކާސަލް ޔުނައިޓެޑް 2-0 އިން މޮޅުވި އެވެ. މިރޭ ރާއްޖެ ގަޑިން 6 ޖަހާއިރު ވެސްޓް ބްރޮމް އާއި ލެސްޓާ ސިޓީ ބައްދަލުކުރާއިރު، 8:30 ގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި އެވަޓަން ބައްދަލުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު