ހަވާއީ އާއި ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމައިލެއްވުމަށްފަހު ނައިބު ރައީސް ހުސެއިން މުހައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސް ހަވާއީއަށް ވަޑައިގެންނެވީ މެއި 15 ވަނަ ދުވަހު ބްލޫ ޕްލެނެޓް ޖަމިއްޔާއިން ބޭއްވި ފެލޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ބްލޫ ޕްލެނެޓުގެ ކްލައިމެޓް އެގްރިމެންޓުގައި ސޮއި ކުރައްވާފައި ވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރައީސް އޮފީހުން ބުނީ ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓަކީ 2045 ވަނަ އަހަރުގެ ކުރިން 100 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން ހަކަތަ އުފައްދަން މަސައްކަތް ކުރަން އެއްބަސްވާ ނަން- ބައިޑިން އެއްބަސްވުމެއް ކަމަށެވެ. މި އެގްރިމަންޓުގައި ސޮއި ކުރާ ގައުމުތަކަށް ބްލޫ ޕްލެނެޓް އެލަޔަންސުން އެހީތެރިކަން ފޯރުކޮށްދެއެވެ.
ހަވާއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ނައިބު ރައީސް ތަޖިކިސްތާނަށް ވަޑައިގެންނެވީ "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަވޭޝަން" ގައި ބައިވެރިވެރިވަޑައިގަތުމަށެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ތަޖިކިސްތާނުގެ ބޮޑުވަޒީރު ގަހީރު ރަސޫލްޒޮދާއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފަ ދެގައުމުންވެސް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު