އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބު ކަމަށާއި، މިއީ ރައީސް ޑރ. މުއިއްޒުގެ ތަސައްވުރުގައި ކުލަޖެހުނު ޙަރަކާތެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒާއި ގުޅިގެން މީސްމީޑީއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި މިނިސްޓަރ ސަޢީދު މިއަދު ވިދާޅުވީ ނުވަ ދުވަހަށްފަހު "މޯލްޑިވްސް އެކްސްޕޯ 2025" ރޭ ނިމުމަކަށް އައިސްފައިވާއިރު، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ކުލަޖެހުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ފަދައިން މިފަދަ ހަރަކާތެއް ހިންގުމުގެ އެންމެ ބޮޑު އަމާޒަކީ ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމުގެ ކްރިއޭޓިވް އިންޑަސްޓްރީ ބާރުވެރި ކުރުން ކަމަށެވެ. އަދި ހަމަ އެހެންމެ، ޤައުމީ އުފެއްދުންތެރިކަމުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގެ ޙިއްސާ އިތުރު ކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިމައުރަޒު ކުރިއަށް ގެންދެވުނީ އެމަގުސަދު ހާސިލް ކުރުމުގެ އަމާޒުގައި ކަމަށެވެ.

"އެހެންކަމުން އުފެއްދުންތެރިކަމުގެ މައުރަޒުގެ އިތުރަށް، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް ޑިސްޓްރިކްޓެއް އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ނަމުގައި ކާމިޔާބު ހަރަކާތްތަކެއް ވަނީ ހިންގިފަ." މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު، މި މައުރަޒުގައި މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކެއް އެންޓަޓައިންމެންޓް ޑިސްޓްރިކްޓްގައި ކުރިއަށް ގެންދެވުނު އިރު، ކުޑަކުދީންނާއި އާއިލާތަކަށް ޚާއްޞަ އެތައް ހަރަކާތެއް ކުރިއަށް ގެންދެވިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެއިތުރުން މިނިސްޓަރ ވިދާޅުވީ މަޢުރަޒުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ، ދިވެހި ފަންނުވެރީންނާއި އުފެއްދުންތެރީންނާއި ހީވާގި މަސައްކަތްތެރިން ކަމަށެވެ. އެހެންކަމުން އެކި އުފެއްދުމާއި ހުނަރު ބައިވެރިކުރެއްވި ހުރިހާ ފަރާތްތަކަށާއި، މިކަން އިންތިޒާމުކޮށް، މިކަމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތަކަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.



މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި ފަންނުވެރިކަން އަދި ޒަމާނީ އީޖާދީ ދާއިރާތަކުގައި ދިވެހިން ހޯދާފައިވާ ކާމިޔާބީތައް އެއްތަނަކުން ފެންނާނެހެން އިންތިޒާމުކުރެވުނު ފުރަތަމަ މައުރަޒެވެ.

މި މައުރަޒުގައި ގިނަ އަދަދެއްގެ ބައިވެރިން އެމީހުންގެ އުފެއްދުންތަކާއި ހުނަރުތައް ދައްކުވައިދީފައިވާއިރު، މައުރަޒު ބަލައިލުމަށް ގިނަ އަދަދެއްގެ މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން