މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމު ބިނާކުރަން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަމްހީދު މިރޭ ވިދާޅުވީ، ބައެއް ގައުމުތަކުގައި އިންތިހާބުތައް ކައިރިވީމަ، އިންތިހާބުތައް ކާމިޔާބު ކުރުމަށް ރައްޔިތުން ފަގީރު ކުރުމަކީ ސަރުކާރުތަކުން ގެންގުޅޭ ޕްލޭނެއްކަމަށެވެ. އޭރުން ރައްޔިތުން ސަރުކާރަށް ބަރޯސާވާ މިންވަރު އިތުރު ކުރެވޭނެކަމަށާއި މި ސަރުކާރުގެ އަމަލުތައް ވެސް ހުރީ ގައުމު ބިނާކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ވޯޓު ހޯދަން ފޯމިއުލާތަކެއް ހޯދަން އުޅޭގޮތަށް ކަމަށެވެ.
އެގޮތުން ޝަމްހީދުގެ ވާހަކައިގައިވަނީ، ރައްޔިތުން އާމްދަނީ ހޯދުމަށް ކުރަމުންދާ ކުދި ވިޔަފާރިތަކަށް ސަރުކާރުން ވަންނަމުންދާކަން ފާހަގަކޮށް އެކަން ކުށްވެރި ކުރައްވާފައެވެ. ހާއްސަކޮށް ގާއެޅުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދާފައިވާތީ އެކަމަށް ޝަމްހީދު ވަނީ ފާޑުވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކަންކަން ކުރަނީ ވެނެޒުއޭލާ ފަދަ ތަންތަނުގައި ކަމަށާއި ހުރިހާ ރައްޔިތުންނަކީ ސަރުކާރުން ދޭ މަދު މުސާރައަށް ބަރޯސާވާ ބަޔަކަށް ހެދުމުގެ ނަތީޖާއެއްގެގޮތުން ރައްޔިތުން ސަރުކާރުގައި ސަލާންޖަހަން ޖެހޭގޮތްވާކަމަށެވެ. އަދި އެއީ ވޯޓު ހޯދޭނެގޮތެއްކަމަށް މި ސަރުކާރުން ވެސް ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ހާމަކުރާ އެފަދަ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ހިންގުން ހުރީ ކުރީގެ 30 އަހަރުގެ ވެރިކަމުގައި ހުރިގޮތަށް ވުރެވެސް ދަށުގައިކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު