ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު އޮނަރަބަލް ރިޗަރޑް މާލްސް އެމްޕީ ރާއްޖެއަށް ކުރެއްވާ ދަތުރުފުޅުގައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަަކަފުޅުގައެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި ބޮޑުވަޒީރުގެ ނައިބު ވަނީ، ދެޤައުމުގެ މެދުގައި ދިފާޢީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި، ދެޤައުމުގެ ތިމާވެށީގެ ނާޒުކުކަމާއި ތިމާވެށި ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކާއި އޭގެ ގޮންޖެހުންތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކޮށް، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު