އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިން، ފޮޓޯ: އާރްޑީސީ
އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިން، ފޮޓޯ: އާރްޑީސީ
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށްގެންދާ އިންޓަރންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗު ފަށައިފިއެވެ.

އާރްޑީސީން ބުނީ މި ޕްރޮގްރާމަކީ އެ ކޯޕަރޭޝަނާއި، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީއާ ދެމެދު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމެއް ކަމަށެވެ.



މިއީ މި ޕްރޮގްރާމު ކުރިއަށްގެންދާ ދެވަނަ ބުރު ކަމަށްވީއިރި، މި ބުރުގައި ހިމެނެނީ 4 ބައިވެރިން ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައެވެ.

މި އިންޓާންޝިޕުގެ ކޮންމެ ބައިވެރިޔަކަށް 5000 ރުފިޔާގެ އެލެވެންސެއް ދޭނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

މި އިންޓާންޝިޕް ޕްރޮގްރާމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން