މާލޭން ބިމެއް ގަތުމަށް ހިންގި މުއާމަލާތެއް ހުއްޓުވި މައްސަލާގައި، މަޝްހޫރު ވިޔަފާރި ކުންފުނި، ސަންފްރޮންޓަށް ދައުލަތުން 20 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލެއް ދޭން ހުކުމެއް ކޮށްފިއެވެ.
މިއީ، 2010 ވަނަ އަހަރު، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް، އޭރުގެ ސަރުކާރުން ނިންމި ނިންމުމަކާ ގުޅިގެން، 2000 އަކަފޫޓުގެ ދެ ބިން ގަތުމަށް ސަން ފްރަންޓުން ކުރި 26 މިލިއަން ރުފިޔާގެ ބިޑާ ގުޅޭ މައްސަލައެކެވެ.
އެ ބިޑުގެ ކަންކަން ހުއްޓުވަން އޭރު އަމުރެއް ނެރުނީ ހައިކޯޓުންނެވެ.
ބިން ވިއްކުން ކޯޓުން ހުއްޓުވުމުން، އެ މައްސަލާގައި ދައުވާކޮށްގެން ސަން ފްރަންޓުން ބިޑު ކުރި، 26 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް އަނބުރާ ދައްކާފައިވަނީ ފައިސާ ދެއްކިތާ ހަތަރު އަހަރު ފަހުންނެވެ. އެހެންކަމުން އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިންވަނީ ވަކި ދައުވާއެއް ކޮށްފައެވެ.
2021 ވަނަ އަހަރު ސިވިލް ކޯޓަށް އެ ކުންފުނިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެކަމުގެ ސަބަބުން 20 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަމަށެވެ. ނަމަވެސް ދައުލަތުންވަނީ އެވަރު ބޮޑު އަދަދެއް ގެއްލުން ވާނެކަމަށް ގަބޫލު ނުކުރާކަމަށް ބުނެފައެވެ.
ނަމަވެސް، މައްސަލަ ހުށަހެޅިތާ ހަތަރު އަހަރު ފަހުން ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމްގައި ވަނީ 30 ދުވަހުގެ ތެރޭގައި 20 މިލިއަން ރުފިޔާ ދައުލަތުބް ދައްކަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު