ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މަގުމަތިން ދިޔަ އަންހެނެއްގެ އަތުގައި އޮތް ފޯނު ޖަހައިގަތުމުން ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހާއަކީ މީގެކުރިން ވައްކަމުގެ މައްސަލައެއްގައިވެސް ހުކުމެއް އިއްވާފައިވާ މީހެކެވެ.

ނަމަވެސް، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ މި މައްސަލާގައި އޭނާއަށް ކުޑަ އަދަބެއް އައިސްފައި ވަނީ މައްސަލައަށް ޝަރީޢަތުގައި އިޢުތިރާފް ވުމުންނެވެ.

2023 ވަނަ އަހަރު އޭނާ މި ޢަމަލު ހިންގާފައި ވަނީ މާލޭގައެވެ. އެގޮތުން ރޭގަނޑު މަގުމަތިން ހިނގާފައި ދިޔަ އަންހެން ކުއްޖާގެ ފޯނު ޖަހައިގަނެގެން ފިލާފައެވެ.

މި ކުށަށް އޭނާ އިއުތިރާފްވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އަދި ދައުވާ، އެ މީހާގެ މައްޗަށް ސާބިތުވުމުން އިއްވާފައިވަނީ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން