ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ޕާޓީގެ ލީ ޖޭ-މިޔުންގް
ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ޕާޓީގެ ލީ ޖޭ-މިޔުންގް
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އޮތް ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީގެ ލީ ޖޭ-މިޔުންގް ކާމިޔާބު ކުރައްވައިފިއެވެ. މިއީ މީގެ ތިން އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ސިޔާސީ މައިދާނުން ލީ ޖޭ-މިޔުން އަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ގިނަބަޔަކު ސިފަކުރެއެވެ.

ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މިއީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް އިމްޕީޗްކޮށް މަގާމުން ވަކިކުރުމަށް ފަހު ކުރިއަށް ގެންދިޔަ ފުރަތަމަ ރިޔާސީ އިންތިހާބެވެ.

މި އިންތިހާބު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތިން ވަަނަ ދުވަހު، ދެކުނު ކޮރެއާގެ ކުރީގެ ރައީސް، މަގާމުގެ ނުފޫޒް ބޭނުންކޮށް މާޝިއަލް ލޯ އިއުލާން ކުރުމުން އެކަމާ ދެކޮޅަށް ކުރިއަށްދިޔަ އާންމުންގެ ހިތްހަމަ ނުޖެހުމާއި، މަގުމައްޗަށް ނިކުމެ ކުރި މުޒާހަރާ ތަކުގެ ޕްރެޝަރ ބޮޑުވެ، ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް އިމްޕީޗްކޮށް މަގާމުން ވަކިކުރުމަށް ފަހުއެވެ.

ދެކުނު ކޮރެއާގެ ރައީސް މަގާމުން ވަކި ކުރުމާއެކު، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ޕާޓީގެ ލީ ޖޭ-މިޔުންގް އެވެ.

ނަމަވެސް ލީގެ ކާމިޔާބީއަށް ސަރުކާރު ހިންގާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީއެމް) އިން ދެކޮޅު ހަދައި، ޑިމޮކްރެޓިކް ހަމަޖެހުން އަލުން ގާއިމް ކުރުމަށް ދަނީ ގޮވާލަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ރިޔާސީ އިންތިހާބުގައި 79.4 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. އިދިކޮޅު ޕާޓީގެ ލީ ޖޭ-މިޔުންގް މި އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ 49 އިންސައްތަ އަށްވުރެއް ބޮޑު ކުރިއެރުމަކުންނެވެ. އަދި ސަރުކާރު ހިންގާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީއެމް) ގެ ކެންޑިޑޭޓް ކިމް މޫން ސޫ އަށް ލިބިވަޑައިގަތީ 41 އިންސައްތަ ވޯޓެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން