ތައިލެންޑުން އިންޑިއާއަށް ވިހަގަދަ ހަރުފަ ތަކެއް ސްމަގްލް ކުރަން އުޅުނު މީހަކު އިންޑިއާގެ އެއާޕޯޓަކުން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކުރި މި ފަސިންޖަރު އަތުން ވިހަގަދަ ހަރުފައިގެ އިތުރުންވެސް އެކި ދިރޭތަކެތި ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ މުމްބާއީ އެއާޕޯޓުގައެވެ. މި ހަރުފަތައް ފެނިފައިވަނީ އިންޑިއާގެ ކަސްޓަމްސްގެ އޮފިޝަލުން ހުޢްޓުވި އިންޑިއާގެ ރައްޔިތެއްގެ ޗެކިންގ ލަގެޖް ބަލާ ފާސްކުރުމުންނެވެ. އެގޮތުން އޭނާއަތުން 47 ވިހަ ވައިޕަރ ހަރުފައިގެ އިތުރުން، އިތުރު އެކްޒޮޓިކް ރެޕްޓައިލްސް ފެނިފައިވާއިރު، އޭގެ ތެރޭގައި ސްޕައިޑަރ ޓޭލްޑް ހޯންޑް ވައިޕަރސް، އޭޝިއަން ލީފް ޓާޓަލްސް އަދި އިންޑޮނޭޝިއާގެ ޕިޓް ވައިޕަރސް ހިމެނެއެވެ.
ވަގަށް އެތެރެކުރި މި ޖަނަވާރުތައް އަތުލައިގަނެ، މިތަކެތި އެތެރެކުރަން އުޅުނު މީހާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ވަލު ޖަނަވާރު ރައްކާތެރިކުރުމުގެ ހަރުކަށި ގާނޫނުތަކުގެ ދަށުންނެވެ.
މިހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު އަދި ހާމަކޮށްފައި ނުވާއިރު، އޭނާގެ މައްޗަށް ދައުވާ ކުރުމާ ބެހޭގޮތުންވެސް އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު